މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުގެ މަތިން، ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ނިމިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދިޔަ އެވެ. މިނިވަން ދުވަހުގެ ބަންދާއެކު ދަރިވަރުންނަށް ދެ ހަފްތާއަށްވުރެ ދިގު، ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފަ އެވެ.
އެ ޗުއްޓީއަށް ފަހު މިއަދު ހެނދުނު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އަލުން ސްކޫލްތަކަށް ހާޒިރުވާން ފަށާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ސްކޫލުތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84,000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެ އެވެ. އަދި އެ ދަރިވަރުންނަށް އުނގަންނައިދިނުމުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން އެއްކޮށް ނިމޭނީ އަންނަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18 އިން ފެށިގެން ޖެނުއަރީ 16، 2027 އާ ހަމައަށެވެ. އަދި ދިރާސީ އަހަރުގެ ތަރުތީބު އަލުން ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 17ގަ އެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ގަސް އިންދުން ބޭސް ސިޓީގައި!
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން