ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާ މެންބަރުގެ ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސައިފި އެވެ.
ފާއިތުވި ހަތަރު އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އެ ކޮމިޝަނުގެ މެމްބަރުކަމަށް ހަމަޖެއްސި ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެކްސްގައި ބުނެފަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.
މީގެއިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި ދައުލަތުގެ ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކު ވެސް އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަ އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
