މަސްވެރިން ކުރަމުންދިޔަ މުޒާހަރާތައް ހުއްޓާލުމުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް އަލުން ފަށައިފި އެވެ.
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ނުދީގެން ތިން ދުވަސް ވަންދެން ކޫއްޑޫގައި މަސްވެރިން ވަނީ މުޒާހަރާކޮށްފަ އެވެ.
މުޒާހަރަތައް ހޫނުވެ، ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓާލަންޖެހުނެވެ. އެއާއެކު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކޫއްޑުއަށް ވަޑައިގެން މުޒާހަރާ ކުރަމުންދިޔަ މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މަސްވެރީންގެ އާމްދަނީ އިތުރުކުރަން މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މިއަދު ވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޭން ފަށައިފަ އެވެ. އެއާއެެކު މަސްވެރިން ވަނީ އިހްތިޖާޖު ހުއްޓާލައިފަ އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ ސަރުކާރުގައި ފައިސާ ހުރެ، ގަސްތުގައި މަސްވެރިންނަށް ފައިސާ ނުދީ ނުހުންނާނެ ކަމަށެވެ.
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
