ކޮންމެ ޔޫރޯ މުބާރާތަކަށް ވެސް ރަސްމީ ލަވައެއް ނެރެ އެވެ. އެހެންކަމުން މިފަހަރު 2024 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލަވައަކީ ތިން އާޓިންޓުން އެކީގައި ކިޔާދީފައިވާ ލަވައެކެވެ.
މި ލަވައިގެ ނަމަކީ "ފަޔާ" އެވެ. އަދި މި ލަވައަކީ ޖަރުމަނުގެ ލަވަކިޔުންތެރިޔާ ލިއޮނީ، އިޓަލީގެ އިލެކްޓްރޯނިކް ގްރޫޕް މެޑޫޒާ އަދި އެމެރިކާގެ ރޮކް ބޭންޑް ވަން ރިޕަބްލިކް އެކީގައި ހަދާފައިވާ ލަވަ އެވެ.
ފޭނުންނަށް މި ލަވައިގެ ލައިވް ހުށަހެޅުމެއް މުބާރާތުގެ ކްލޯސިންގް ހަފްލާގައި ހުށަހަޅާދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ ކްލޯސިންގް ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 14 ގައި ޖަރުމަނުގެ ބާލިންގަ އެވެ.
މިފަހަރު ޔޫރޯ ހޯސްޓްކުރާ ގައުމަކީ ޖަރުމަނެވެ. ޔޫރޯ ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 14 ވަނަ ދުވަހު އެވެ.
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!