ބޮޑު ގެއްލުމުގައި ހިންގާ ސަރުކާރުގެ ތިން ކުންފުންޏެއް އެއްކޮށްލަން މަޝްވަރާކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މިއަދު ހެނދުނު އޮންނަ ކެބިނެޓް ބައްދަލުވުމުގެ ކުރިން އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެ ބައްދަލުވުުމުގައި މި ނިންމުންތައް ނިންމަވާނެ ކަމަށެވެ.
އެ ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮންމްޕެނީ ލިމިޓެޑް (އެމްއޭސީލް)ގެ ދަށަށް ބަދަލުކުރުމާއި، އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މާޖް ކުރުމާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ބީސީސީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހެދުމެވެ.
ރައީސް ވިދާޅުވީ މި ބަދަލުތަކާއެކު ރައްޔިތުންނަށް ފައިދާތަކެއް ވެގެންދާނެ ކަމަށެވެ.
ތަރައްގީއަށް ވަރަށް މުހިއްމު ނިންމެވުމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައި އިގްތިސޯދު ޑައިވާސިފައިކުރުމަށް ކުރާ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!