އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯދާފައިވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ޑޮނަލްޑް ޓްރަމްޕް އެވެ.
ޓްރަމްޕްއަށް ލިބުނު މޮޅާއެކު މުޅި އެމެރިކާ އެކަން ފާހަގަ ކުރަމުން އައި ނަމަވެސް އެއީ އެގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނު ބޮޑު ދެރައެއް ކަމުގައި ބުނެވިދާނެ އެވެ.
ސަބަބަކަށްވަނީ ހޮލީވުޑްގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެކްޓަރުން ތާއީދުކުރީ ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރި ކަމަލާ ހެރިސްއަށް ވުމެވެ.
ބިޔޯންސޭ، ޖެނިފާ ލޮޕޭޒް، މެޑޯނާ، ޖޫލިއާ ރޮބާޓްސް އަދި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ ތަރިން ކަމަލާގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވި ނަމަވެސް އޭނާއަށް ވަނީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
ކަމަލާއާ ހިލާފަށް ޓްރަމްޕްއަށް ސަޕޯޓުކުރީ ހޮލީވުޑްގެ މަދު ތަރި އެކެވެ. އޭނާގެ ފަހަތުގައި ދެން ތިބީ ކުޅިވަރު ޝަހްސިއްޔަތުންނާއި ވިޔަފާރިވެރިންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކޮށްފައިވާއިރު ރިޔާސީ އިންތިހާބުގެ އިތުރުން ސެނެޓު ވެސް ކާމިޔާބު ކޮށްފައިވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއިންނެވެ.
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!