ހުޅުމާލޭ ކެފޭއަކަށް ވަދެ ރޭ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ރާކަނި ބީޗްގައި ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެ އެވެ.
މާރާމާރީއާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން ދެ މީހަކު ކެފޭ ތެރޭގައި އިށީނދެގެން ތިއްބާ، ސައިކަލެއްގައި އައި މީހަކު އައިސް ގޮނޑިއެއް ނަގައި، އިށީނދެގެން އިން ފިރިހެނެއްގެ ގައިގައި ޖަހާ މަންޒަރު ފެނެ އެވެ. އެއަށްފަހު ސައިކަލުގައި ދެން އިން މީހާ ވެސް އެ ދެ މީހުންގެ ދޭތެރެއަށް ވަންނަ މަންޒަރުވެސް ފެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
އިގްތިސާދީ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް