އެމެރިކާއާ ރަޝީޔާގެ ގުޅުން ރަނގަޅު ކުރުމަށް ޓްރަންޕާ ވާހަކަ ދައްކަން ތައްޔާރުކަމަށް ރަޝިޔާގެ ރައީސް ވްލަޑަމީރް ޕޫޓިން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ ގުޅުން ރަނގަޅުކުރުން މިހާރު އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ.
ރަޝިޔާ- ޔޫކްރޭން މައްސަލަތައް ފެށުނުއިރު ވެރިކަމުގައި ހުންނެވިނަމަ، ހަނގުރާމައަކަށް ނުގޮސް އެކަން ސުލްހަކޮށްދެވުނީސް ކަމަށް ޓްރަމްޕް ވަނީ ކުރިން ވިދާޅުވެފަ އެވެ. ޕޫޓިން ވަނީ ޓްރަމްޕްގެ މި ވާހަކައަށް އެއްބަސްވާ ކަމަށް ވިދާޅުވެފަ އެވެ.
ރަޝިޔާއާ ދޭތެރޭ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިފިކަމުގެ އަޑުތައް އަރާފައިވާ ކަމަށް ވީ ނަމަވެސް، އެމެރިކާގެ އިގްތިސާދަށް ގެއްލުންވާނެ ފިޔަވަޅެއް ޓްރަމްޕް ނާޅުއްވާނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްއާއި ޕޫޓިން ވަރަށް އަވަހަށް ފޯނުން ވާހަކަ ދައްކަވާނެކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ