ދުވާލުގެ އެކި ވަގުތުތަކުގައި އިންސާނާގެ ނަފްސާނީ ސިއްހަތު ތަފާތުވާ ކަމަށް ޔުނިވާސިޓީ ކޮލެޖް ލަންޑަންއިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ހެނދުނުގެ ވަގުތުތަކުގައި އިންސާނާގެ ނަފްސާނީ ސިއްހަތު ދުވަހުގެ އެހެން ވަގުތުތަކަށް ވުރެ ރަނގަޅުވާ ކަމަށެވެ. އެހެން ކަމުން ހެނދުނުގެ ވަގުތުތަކުގައި މީހާގެ އުފެއްދުންތެރިކަން އިތުރުވެ ކަންކަމަށް ދޭ ސަމާލުކަން ވެސް އިތުރުވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބުނެވޭ ގޮތުގައި މި ތަފާތުތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ހެނދުނުގެ ވަގުތުތަކުގައި ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލް ދަށްވުމެވެ.
އެހެންވެ ދުވަސް ފާއިތުވާ ވަރަކަށް ހަށިގަނޑުގައި ކޯޓިސޯލް ހޯމޯންގެ މިންވަރު އިތުރުވެ އާއްމު ނަފްސާނީ ސިއްހަތު ވެސް ދަށްވެ އެވެ.
އެހެން ކަމުން ރޭގަނޑުގެ އަރާމު ނިންޖަކުން ނިދައި ހޭލުމަށްފަހު ދުވަސް ފަށައިގަތުމަކީ ރަނގަޅު ކަމެއް ކަަން މިކަމުން ވެސް އަންގައިދެ އެވެ.
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި