ޓޮމް ކްރޫޒުއަކީ ހޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތަކަށްވާއިރު، އޭނާގެ ޒާތީ ހަޔާތަކީ ވެސް މީޑިއާއާއި އާއްމުންގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.

އެގޮތުން ޓޮމް އާއި އޭނާގެ ޒުވާން ދަރިފުޅު ސޫރީއެކުގައި ނުފެންނަ ސަބަބާމެދު ގިނަ ބަޔަކު ސުވާލުކުރެ އެވެ. އެ ދެމީހުން އެކުގައި މީޑިއާއަށް އެންމެ ފަހުން ފެނިފައި ވަނީ 2012 ވަނަ އަހަރު އެވެ.

ޓޮމް އާއި ސޫރީ ބައްދަލު ނުވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ގިނަ ބަޔަކަށް ހީވެފައި އޮތީ އެ އެކަމުގެ ހުއްދަ އޭނާއަށް ނެތުމުން ވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތަކުން މިވަނީ މުޅިން އާ ކަމެއް ފެންމަތިވެފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި ޓޮމް އޭނާގެ އުފަން ދަރިފުޅާ ބައްދަލު ނުކުރަނީ އޭނާ ބޭނުންނުވާތީ އެވެ.

ސޫރީއާއެކު ޓޮމްގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް އޭނާގެ ދޮށީ ދެ ދަރިންނާއި ދެވަނަ އަނބި ނިކޯލް ކިޑްމަންއާއެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށް އޭނާ ބުނެ އެވެ. ސޫރީއަކީ ޓޮމްގެ ތިންވަނަ ކައިވެންޏަށް ލިބުނު ދަރިއެކެވެ.

ސޫރީ ވަނީ އޭނާގެ ނަމުން ބައްޕަގެ ނަން އުނިކޮށް ޓޮމްއާ އިތުރަށް ދުރުވެފަ އެވެ. ސޫރީ ކްރޫޒްގެ ބަދަލުގައި މިހާރު އޭނާގެ ނަމަކީ ސޫރީ ނޮއެލް އެވެ.