ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރެއިން ރޯއަޑު އިވިގެން ފުލުހުން ބެލިއިރު ހަބަރުހުސްވެފައި އޮތް އަންހެނެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވިނަރެސް ފްލެޓެއްގެ ތެރެއިން ރޯ އަޑު އިވޭކަމަށް މިއަދު ހެނދުނު 6:05 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން އެތަނަށް ހާޒިރުވެ ގަދަކަމުން ދޮރު ހުޅުވައިގެން ބެލިއިރު 21 އަހަރުގެ ހަބަރު ހުސްވެފައި އޮތް ދިވެހި އަންހެނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެތަނަށް ފުލުހުން ދިޔައިރު އާއިލާ މީހުން އެ ޕާޓްމަންޓްގައި ތިބި ކަމަށްވެ އެވެ.
ފުލުހުން އިތުރަށް ބުނީ އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.