ބ. ގޮއިދޫ ސްކޫލުގެ އިނގިރޭސި މުދައްރިސަކު ބަދުއަހުލާގީ އަމަލުތަކެއްގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް އަތުލައިގަނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މުދައްރިސް ވަނީ ގިނަ ފިރިހެނުންނާ ނުރަނގަޅު ގޮތުގައި މުއާމަލާތްކޮށްފަ އެވެ.
އެކްސްގައި އާންމުންގެ ފަރާތަކުން ހިންގަމުންދާ އެކްސް އައިޑީއަކުން މި ޕޯސްޓުތައް ކޮށްފައިވާއިރު، އޭގައިވާ ގޮތުން ތުހުމަތު ކުރެވިފައިވާ މުދައްރިސްގެ ނަމަކީ "ގޯރީސަންކަރު ޕީޖީ" އެވެ. މިކަމާ ގުޅިގެން ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ވަނީ ސުވާލު އުފައްދާފަ އެވެ.
އޭގެ އިތުރުން، މި މައްސަލައާ ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން މި މައްސަލައިގެ ހަގީގަތް ބަލައި އޭނާ ހައްޔަރުކުރުމަށް ގިނަ ފަރާތްތަކުން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ފުލުހުންނަށް ގޮވާލާފަ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
