އެންޓާޓިކާގައި ޕޯލާ ޑައިނޯސޯތައް ދިރިއުޅެފައިވާކަން ސައިންޓިސްޓުން ހޯދައިި އެވެ.

ސައިންސްވެރިންގެ ހޯދުމުން، މިއީ އެ ސަރަހައްދުގައި މީގެ 120 މިލިއަން އަހަރު ކުރިން ދިރިއުޅެފައިވާ ޑައިނޯސޯތަކެއްކަން ވަނީ ހާމަވެފަ އެވެ.

ސައިންޓިފިކް ޖާނަލް އަލްޗެރިންގާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، މި ޑައިނޯސޯތައް ދިރިއުޅެފައި ވަނީ މިހާރުގެ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓާއި އެންޓާޓިކާ ގުޅިފައިވާ ސަރަހައްދުގަ އެވެ. އެ ދުވަސްވަރު އެ ސަރަހައްދު އޮތީ ދުނިޔޭގެ ދެކުނު ކަނޑީގައި ކަމަށްވެ އެވެ.

ދިރާސާގެ ބައިވެރިއެއް ކަމަށްވާ ވެރާ ކޮރަސިޑިސް ވިދާޅުވި ގޮތުގައި، އެ ދުވަސްވަރު އެސަރަހައްދުގައި މިހާރަށްވުރެ ހޫނު މޫސުމެއް އޮތްކަމަށާއި، އެ ސަރަހައްދުގައި ޖަންގަލީގެ ވެށްޓެއް އޮތް ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅުނު ޑައިނޯސޯތަކުގެ ތެރޭގައި ކުދި ސައިޒުގެ އޯނިތޮޕޮޑްސްއާއި ތެރޮޕޮޑްސް ހިމެނެ އެވެ. އޯނިތޮޕޮޑްސްއަކީ ގަސްކާ ޖަނަވާރުތަކެއް ކަމަށާއި ތެރޮޕޮޑްސްއަކީ މަސްކާ ޖަނަވާރުތަކެއް ކަމަށްވެ އެ ހޯދުމުން ބުނެ އެވެ.

މި ހޯދުންތައް ހޯދާފައިވަނީ ވިކްޓޯރިއާގެ އައްސޭރިފަށުން ނަގާފައިވާ 300 އަށްވުރެ ގިނަ ސާމްޕަލް ދިރާސާކޮށްގެންނެވެ. މި ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ކުދިކުދި މާމެލާމެލީގެ ފޮނިތަކެވެ. މި ސާމްޕަލްތަކުގެ އުމުރަކީ 130 އާއި 110 މިލިއަން އަހަރާ ދެމެދު ކަމަށްވެ އެވެ.