އިނގިރޭސިވިލާތުގެ ކުއީން އެލިޒަބަތު 3ގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ ޕްރިންސް ފިލިޕް އަވަހާރަވެއްޖެ އެވެ.
ބަކިންހަމް ޕެލެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޕްރިންސް ފިލިޕް އަވަހާރަވީ އުމުރުފުޅުން 99 އަހަރުފުޅުގައި މިއަދު ހެނދުނު އެވެ.
ޕްރިންސް ފިލިޕް އަވަހާރަވި އިރު އެމަނިކުފާނާއި ކުއީން އެލިޒަބަތުގެ ކައިވެނިފުޅަށް ވަނީ 70 އަހަރު ފުރިފަ އެވެ.
ޕްރިންސް ފިލިޕް ފާހަގަކުރެވިފައި ވަނީ އަވަހާރަވަންދެން ވެސް ޝާހީ އާއިލާގެ އެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
އެ މަނިކުފާނަކީ އުމުރުފުޅާ އަޅާބަލާއިރު ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުއްވި ބޭފުޅެއް ކަމުގައި ޝާހީ އާއިލާގެ ތަރުޖަމާނުން ވިދާޅުވި އެވެ.
ސަލްމާންގެ ސިއްހަތާމެދު ކަންބޮޑުވުންތައް ބޮޑު ވެއްޖެ
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!