2000ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި ހިންދީ ލަވައެއް ކަމަށްވާ "ކާއްޓާ ލަގާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝެފާލީ ޖެރިވާލާ އުމުރުން 42 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ޝެފާލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ޝެފާލީގެ މަރުގެ ހަބަރު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ވިކީ ލަލްވާނީ އެވެ. ވިކީގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި އޭނާ ބުނީ އޭގެ 45 ވަރަކަށް މިނެޓު ކުރިން ޝެފާލީ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ ޕަރަގް ތިޔާގީއާއި އިތުރު ތިން މީހުން ކަމަށެވެ.

https://www.youtube.com/watch?v=Uhkd7Vl3AV8&list=RDUhkd7Vl3AV8&start_radio=1

ޝެފާލީގެ މަރު ހޮސްޕިޓަލުންނާއި ކަމާ ބެހޭ އިދާރާތަކުން ޔަގީން ކޮށްދީފައިވާއިރު ބޮލީވުޑްގެ ތަރިންނާއި ގިނަ އަދަދެއްގެ އާއްމުން ވެސް އަންނަނީ އޭނާގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ޝެފާލީއަކީ 2002 ވަނަ އަހަރު ޑީޖޭ ޑޯލް ރިލީޒްކުރި "ކާއްޓާ ލަގާ" ލަވައިގެ ލީޑު ކުޅުނު އެކްޓަރެވެ. އުމުރުން 20 އަހަރުގައި ޝެފާލީ ވަނީ އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް މުނިފޫހި ފިލުވުމުގެ މަސައްކަތްތަކުން އޭނާގެ ފެނިލުންތައް މަދުވެފައިވާއިރު އޭގެ ސީދާ ސަބަބެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.