އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓިން މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި އޮއްވައި ފެނުނީ ގއ. ދާންދޫ، ސަރުސޫނުގެ، އަހްމަދު ޝިފާން،38 ކަމަށެވެ.
އޭނާގެ އިތުރުން ކޮޅުވެއްޓިން ގެއްލުނީ ބަންލަދޭޝް އަދި އިންޑިއާ މީހެކެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލު އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
އެމެރިކާއާއެކު އީރާން ވަރުގަދަ ހަނގުރާމަ އަކަށް
ކެޓްރީނާގެ އުފަން ދުވަހު ލައިގެން ހުރި ހެދުމުގެ އަގު އެނގޭތަ؟
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!
