ހދ. ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެ ރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް އެވެ.
އެ ރަށު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވާ ޝަޒްފާ ރޭ ނިދަން އުޅުމުގެ ތެރޭގައި ބޮލުގައި ރިއްސާ ވާހަކަ ބުނެފައިވެ އެވެ. އަދި އެކަމަށް ބޭސް ވެސް ކޭ ކަމަށް އެނގިފައިވެ އެވެ.
ޝަޒްފާ މަރުވިކަން އެނގުނީ ފަތިހު ނުހޭލައިގެން ބެލިއިރު ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިއަދު އަސްރު ނަމާދަށް ފަހު ކުޅުދުއްފުށީ މަސްޖިދުލް ހަޟާރަތުގައި އޭނާގެ ޖަނާޒާ ބާއްވަން ވަނީ ނިންމާފަ އެވެ.
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
