ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމުގެ މަގާމުން ކުއްލިގޮތަކަށް އަމްޖަދު މުސްތަފާ އިސްތިއުފާދެއްވައިފި އެވެ.
އެނގިފައިވާގޮތުގައި އިސްތިއުފާގެ ސިޓީ އަމްޖަދު ހުށަހެޅުއްވީ މިއަދުއެވެ.
އަމްޖަދު އިސްތިއުފާދެއްވާފައި މިވަނީ ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށްފަހު ސަރުކާރުގެ އެކި މަގާމްތަކުން އެކި ބޭފުޅުން އިސްތިއުފާދެއްވުމުގެ ސިލްސިލާގެ ތެރެއިންނެވެ.
އޭނާ އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެ އެވެ. އަމްޖަދު މީގެކުރިން އަދާކުރި މަގާމްތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ހިމެނެ އެވެ.
މިހާތަނަށް 10 ވަޒީރަކާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަނީ އިސްތިއުފާދީފަ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ

ހަމަހަމަ ގޮތެއްގައި ނޫންނަމަވެސް މުވައްޒަފުންނަށް ކުރިއެރުން ހޯއްދަވައި ދެއްވަން މަސައްކަތްކުރެއްވި. ހިތާމައަކީ މިފަދަ ބޭފުޅުން އަދިވެސް މާލޭ ބޮޑުމީހާއަށް މޮޅުގޮތް، ރާއްޖެތެރޭ މީހާއަށް ކުޅަނދެއް މަދުގޮތް ހައްދަވާތީ. ތަފާތުކުރުމުގެ ސަބަބުން މީހާކުރާ ރަނގަޅު ކަންކަންވެސް ބަލައިގަންނަން ބައެއްފަހަރަށް އުނދަގޫވާކަމީ ޙަޤީޤަތެއް.