ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ސްޕެއިންއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ މެޗަށް ފިޓު ކަމަށާއި މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ސެމީ ފައިނަލްގެ މެޗުގެ ކުރިން ހޯމަ ދުވަހު ފްރާންސް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް އެމްބާޕޭ ފުރިހަމަ ނުކުރެ އެވެ. ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭއަށް އަނިޔާއެއް ކުރިމަތިިވި އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުނީ ސެމީ ފައިނަލަށް އެމްބާޕޭ ފިޓު ކަމަށެވެ. އަދި އޭނާ ފަރިތަކުރުންތައް ފުރިހަމަނުކުރީ ލުއިކޮށް ޓްރެެއިނިން ކުރިއަށް ގެންދިއުމަށް މެޑިކަލް ޓީމުން ލަފާ ދީފައިވާތީ ކަމަށް ބުންޏެވެ.
"އެމްބާޕޭގެ އެއްވެސް މައްސަލައެއް ނެތް،" ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސްގެ މިޑްފީލްޑަރު އުއުރެލިން ޝުއާމޭނީ ވަނީ މިރޭގެ މެޗަށް ފިޓުވެފައެވެ. މިއީ ފްރާންސްގެ ކޯޗު ޑެޝޯމްޕްސްއަށް ލިބުުނު ހިތްހަމަނުޖެހުމެކެވެ.
"މުހިންމު ކަމަކީ މިރޭގެ މެޗުގައި ޝުއަމޭނީ ބޭނުންކުރެވޭ ހާލަތުގައި ހުރުން،" ޑެޝޯމްޕްސް ބުންޏެވެ.
ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު މަރުވެއްޖެ
ހދ. އަތޮޅު ބޯޑަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި
