ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މެޗެއްގެ ހާފް ޓައިމަށް އެންމެ ދިގު ބްރޭކެެއް ދޭނީ މިރޭ ސްޕެއިން އާއި އާޖެންޓީނާ ކުޅޭ މުބާރާތުގެ ފައިނަލް މެޗުގަ އެވެ.
ފީފާގެ ގަވައިދުގެ ދަށުން އާންމުގޮތެއްގައި ހާފް ޓައިމް ބްރޭކްގެ ގޮތުގައި 15 މިނިޓު ދިން ނަމަވެސް، އެެމެރިކާގެ ނިއު ޖާޒީގައި މިރޭ ކުޅޭ ފައިނަލް މެޗުގެ ހާފްޓައިމްގައި އެމެރިކަން ފުޓްބޯޅައިގެ ސުޕަ ބޯލްގެ ހާފްޓައިމްގައި ކުރިއަށް ގެންދާ ކަހަލަ ޝޯއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުޓްބޯޅަ މެޗެއްގެ ހާފް ޓައިމްގައި 15 މިނިޓަށް ވުރެ ދިގު ނުވާ ބްރޭކެއް ކުޅުންތެރިންނަށް ލިބެން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އެފްއައިއޭބީ)ގެ ގަވައިދުގައި ބުނެފައިވެ އެވެ.
އެގާރަ މިނެޓަށް ދިގު ދެމިގެންދާ މި ޝޯގައި ޖަސްޓިން ބީބާ، މެޑޯނާ އަދި ބީޓީއެސް ޕާފޯމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ހާފްޓައިމް ބްރޭކަށް 20 މިނިޓު ފީފާ އިން ކަނޑައެޅި ނަމަވެސް، ޝޯގެ ސެޓަޕް ހެދުމަށް ވަގުތު ބޭނުންވާތީ މިރޭގެ ފައިނަލް މެޗުގެ ހާފް ޓައިމް ބްރޭކް ގާތްގަނޑަކަށް 30 މިނިޓަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
ފީފާ އިން ލަފާކޮށްފައިވާ ވަގުތަށް ވުރެ ބްރޭކް ދިގުވެއްޖެނަމަ، ދެވަނަ ހާފުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ވެސް ކޮންމެވެސް ވަރަކަށް ވޯމަޕް ކުރުމަށް ވަގުތުކޮޅެއް ބޭނުންވާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގައި މިދިޔަ އަހަރު އޮތް ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލްގެ ހާފްޓައިމްގައި ވެސް ޝޯއެއް ބޭއްވުމުން، އެ މެޗުގެ ހާފްޓައިމް ބްރޭކަށް ޖުމްލަ 24 މިނިޓު ހޭދަވި އެވެ.
ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓެއްގެ އަގު 2.3 މިލިއަން ޑޮލަރަށް
ސާކާގެ ހެޓްރިކާއެކު ފްރާންސް ބަލިކޮށް އިންގްލެންޑަށް ތިން ވަނަ
ކުވެއިތުގެ ތެޔޮ ފެސިލިޓީތަކާއި ކަރަންޓް ޕްލާންޓަށް ހަމަލާދީފި