އީރާނުން ހޮނިހިރު ދުވަހު ކުވެއިތުގެ ހަކަތައާއި ފެނުގެ ނިޒާމަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ ތެޔޮ ސެކްޓާގެ މުހިންމު ފެސިލިޓީއަކަށާއި ކަރަންޓް ޕްލާންޓަކަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ކުވެއިތް ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، ތެޔޮ އުފައްދާ މުހިންމު ސައިޓަކަށް ތަކުރާރުކޮށް ދިން މި ހަމަލާތަކުގެ ސަބަބުން އިންފްރާސްޓްރަކްޗާއަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބި، އެ ސަރަހައްދުގައި މަސައްކަތްކުރާ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، ކަރަންޓާއި ފެނާ ބެހޭ ވުޒާރާއިން ބުނީ ހަމަލާތަކުގެ ސަބަބުން ކަރަންޓް އުފައްދާ ބައެއް ޔުނިޓްތަކަށް ގެއްލުންވެ، މަސައްކަތް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. މިއީ ޖެހިޖެހިގެން ދެ ދުވަހު ކުވެއިތުގެ އަސާސީ ހިދުމަތްތައް ދޭ މަރުކަޒުތަކަށް އީރާނުން ހަމަލާދިން ދެވަނަ ފަހަރެވެ.
މި ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. ކުވެއިތު އެއާޕޯޓުން ފުރާ އަދި އަންނަ ފްލައިޓްތައް މެދުކަނޑާލާފައިވާއިރު، ކުވެއިތު އެއާވޭސްއިން ބުނީ އީރާނުގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކުގެ ނުރައްކާ އޮތުމުން ގިނަ ފްލައިޓްތަކެއް ރީޝެޑިއުލް ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.
ކުވެއިތުގެ ހާރިޖީ ވުޒާރާއިން މި ހަމަލާތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އާންމު ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ވަސީލަތްތަކަށް ހަމަލާ ދިނުމަކީ ހުރިހާ "ރެޑް ލައިނެއް" ހުރަސްކުރުން ކަމަށެވެ. އަދި މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2817 އާ ކަނޑައެޅިގެން ހިލާފު، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ގަތަރުގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ ކުވެއިތުގެ އިތުރުން ބަހްރެއިނާއި އުރުދުންނަށް ދިން މި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
މި ދުވަސްވަރަކީ ކުވެއިތަށް ވަރަށް ހޫނުގަދަ ދުވަސްވަރަކަށް ވެފައި، ހޫނުމިން 110 ޑިގްރީ ފެރެންހައިޓަށް ވުރެ މަތީގައި ހުރުމާއެކު، ކަރަންޓާއި ފެނުގެ ހިދުމަތަށް ބުރޫއެރުމަކީ އެ ގައުމުގެ ރައްޔިތުންނަށް އިންތިހާއަށް ބޮޑު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި
ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން