މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫންކަމަށާއި އެއީ ގައުމުގެ ހެވާއި ލާބައަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޖަލްސާގައި މާޒީގައި ކަންކަން ހިންގާފައިވާ ގޮތާއި ހާރިޖީ ސިޔާސަތަށް އަލިއަޅުއްވާލެއްވީ، ހަމައެކަނި ސިޔާސީ މާނައެއްގައި ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މުސްތަގިއްލުކަން ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ސަރުކާރުތަކުން އިޒްރޭލާ ގާތްގުޅުމެއް ބާއްވައި އަރަބި މުސްލިމް ގައުމުތަކާ ދުރުވިކަމާއި، ވަކި ގައުމެއްގެ ނުފޫޒުގެ ދަށުވެ "ގޮނޑިކޮއްކޮ" ހާރިޖީ ސިޔާސަތެއް ގެންގުޅުނު ކަމަށް ވިދާޅުވި ވާހަކަފުޅަކީ ފެންނަން ހުރި ހަގީގަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު އިތުރަށް ތަކުރާރުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންކުރެވިފައި އޮންނާނީ އެއްވެސް ބަދަލެއް ނެތި "ދިވެހިން އިސްކުރުމުގެ" އުސޫލުގެ މައްޗަށް ކަމަށެވެ. އަދި މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި އެއްވެސް ވާހަކަފުޅެއްގައި އާންމު ރައްޔިތުން ކުށްވެރިކުރައްވާފައި ނުވާނެ ކަމަށާއި، އެއީ ގައުމުގެ ކަންކަން އިސްލާހުކުރުމަށް ހެޔޮ ނިޔަތުގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ވަނީ ފާޑުވިދާޅުވެފަ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަނުކޮށްފި
"ހަންކެނޑެ ތަރައްގީނުވި ބަޔަކަށް، ސަވާހެލި ތަރައްގީ ނުކުރެވޭނެ"
ތިލަފުށީގެ ކުނި ކުނބުރުދުއަށް ގެންދާތީ ހުށަހެޅި މައްސަލަ ބޭރު