ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ތަހުލީލުތަކުން އެތަކެތި ފެނިފައިވަނީ މެތްއެމްފެޓަމީންގެ ގޮތުގަ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ތަހުގީގުގެ އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ އިތުރުން، މި މަހުގެ 18 ވަނަ ދުވަހުވެސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅުނު އެ މަސްތުވާތަކެތީގެ ބަރުދަނުގައި 5.5 ކިލޯއަށްވުރެ ގިނަ މިންވަރު ހުރިކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ރާއްޖޭގެ ބޯޑަރުތައް ހުރަސްކޮށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން
