ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނޯތުއާއި އެކްޓަރު ރިތިކް ރޯޝަންގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި ހިޔާލުތަފާތުވުންތަކަށް އަނެއްކާވެސް ބޮޑު ސަމާލުކަމެއް ލިބެން ފަށައިފި އެވެ.
ކަންގަނާ ވަނީ ރިތިކް ދައްކާފައިވާ ބައެއް ވާހަކަތަކަކީ އެއްވެސް އިންސާފެއް ނެތް، އަދި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ އޭނާއަށް ވަރުގަދަ ރައްދުތަކެއް ދީފަ އެވެ.
ކަންގަނާ ބުނެފައިވާ ގޮތުގައި ރިތިކް ވަނީ މީގެ ކުރިންވެސް އެކި މީޑިއާތަކުގައި އަދި އާންމު މައިދާންތަކުގައި އޭނާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، އޭނާގެ އަބުރަށް ހުތުރުވާފަދަ އަމަލުތައް ހިންގާފަ އެވެ.
އެއާއެކު ރިތިކްގެ މިފަދަ އަމަލުތަކަކީ އަމިއްލަ ކުށް ފޮރުވުމަށްޓަކައި ދައްކާ ބަހަނާތަކެއް ކަމަށްވެސް ކަންގަނާ ވަނީ ތުހުމަތު ކޮށްފަ އެވެ.
މި ދެ ތަރިންގެ މެދުގައި އެންމެ ފުރަތަމަ މައްސަލަ އުފެދެން ފެށީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ކަންގަނާ ކުރި ދައުވާއަކާއި، އެކަމަށް ރިތިކް އިންކާރުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނި ހިސާބުންނެވެ. އޭގެ ފަހުން އެކި ދަނޑިވަޅުތަކުގައި ކަންގަނާ ދަނީ ރިތިކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ކަންގަނާ އިތުރަށް ބުނީ، އަންހެނަކު އަމިއްލަ ހައްގުގައި އަޑު އުފުލުމުން އެއީ "މޮޔަ" ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ބޮލީވުޑްގެ ބައެއް ފިރިހެން ތަރިންގެ އާދައެއް ކަމަށެވެ. އަދި ހަގީގަތް ހާމަ ވަންދެން އޭނާ ފަސްނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ރިތިކްގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މި މައްސަލައާ ހުރެ ސޯޝަލް މީޑިއާގައި ދެ ތަރިންގެ ފޭނުންގެ މެދުގައި ވަނީ ބޮޑު ބަހުގެ ހަނގުރާމައެއް ފެށިފަ އެވެ.
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ