ކ. ގާފަރު ކައިރިއަށް މިދިޔަ ހުކުރު ދުވަހު ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު އިންޑިއާގެ ދެ ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުން ޖުމުލަ 10 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. ހާދިސާ ހިނގި ދުވަހު ސަލާމަތްކުރެވުނު އަށް މީހުން ވަނީ ކ. ގާފަރަށް ގެންގޮސްފައެވެ. މިހާރު ހޯދަމުންދަނީ އެ އުޅަނދުން ދަތުރުކުރި އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން މިހާތަނަށް 3،580 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ބޭނުންކޮށްގެން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މި ހޯދުންތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675،120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފަ އެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު ދެ ބިދޭސީން ފެނިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި އެ ސަރަހައްދުގެ ރަށްތަކުން ގެއްލިފައިވާ ދެ މީހުންގެ އެއްވެސް ޚަބަރެއް ވޭތޯ ބަލައިދިނުމަށް އެދިފައެވެ. އަދި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ހިއްސާކޮށްދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
