ކޮވިޑް ޖެހިގެން މިއަދުގެ މިހާތަނަށް ރާއްޖެއިން ހަތް މީހަކު މަރުވެއްޖެ އެވެ.
މިއަދު އެންމެފަހުން ކޮވިޑް ޖެހިގެން މަރުވީ މިއަދު މެންދުރު 12:16 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެނެކެވެ.
މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކު ވަނީ މަރުވެފަ އެވެ. ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހަކުވެސް މިއަދު ވަނީ މަރުވެފަ އެވެ.
މީގެއިތުރުން މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 73 އަހަރުގެ މީހަކުވެސް ވަނީ މަރުވެފަ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން ޖުމްލަ 112 މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑްގެ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ސަބްސިޑީއަށް ކުރި ހަރަދު ދެގުނަ މައްޗަށް ގޮސްފި
