ކޮވިޑް ޖެހިގެން މިއަދު ރާއްޖެއިން ތިން މީހަކު މަރުވެއްޖެ އެވެ.
މިއަދު ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ އަންހެނެކެވެ. އެއީ މިއަދު ހެނދުނު 6:37 ގަ އެވެ.
އެއަށްފަހު ދެން ކޮވިޑްގައި މަރުވީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ މީހެކެވެ. އުމުރުން 58 އަހަރުގެ އެ ފިރިހެން މީހާ މަރުވީ މިއަދު 15:00 ގަ އެވެ.
ދެން މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު 15:39 ގަ އެވެ.
މި މަހުގެ މިހާތަނަށް މި ބަލީގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މިބަލީގައި ޖުމްލަ 161 މީހުން ވަނީ މަރުވެފަ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
