ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެކަމަނާގެ އާއިލާއިން ބުނިގޮތުގައި ނަސްރީނާ ކޮވިޑަށް ޕޮޒިޓިވެފައިވާކަން އެނގުނީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި އައިސޮލޭޝަންގައި ކަމަށް އާއިލާއިން ބުނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ ދެކަނބަލުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކުރައްވާފަ އެވެ.
ނަސްރީނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެތައް ބަޔަކު ދަނީ އެކަމަނާއަށް ހެޔޮ އެދުމުގެ ޝުއޫރުތަކާއެކު އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖް ފޮނުއްވަމުންނެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި
ހިތަދޫ އެކްސިޑެންޓް: 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ
ޖޭލޯއާއި ބްރެޓްގެ ލޯބީގެ އަޑުތަކުގެ ހަގީގަތް ހާމަ ކޮށްފި
ކަމަނާއަށް ﷲއިރާދަފުޅުން ޝިފާދެއްވާށި އާމީން