ދެ އަހަރަށް ވުރެ ގިނަ ދުވަސްފަހުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖައްސައިފި އެވެ.
ސައުދީން މިފަހަރު ސަފީރަކަށް ހަމަޖެއްސީ ކުރިން ޑެޕިއުޓީ އެމްބެސެޑަރަކަށް ހުންނެވި މުތުރިކް ބިން އަބްދުﷲ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިއަދު އެވެ.
މުތުރިކްގެ ކުރިން ސަފީރަކަށް ހުންނެވީ ބަދުރު އަލް ކަހާއިލް އެވެ.
ސައުދީއަކީ ރާއްޖޭގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކަށް އެހީތެރިވެދޭ ގައުމެކެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް މަޝްރޫއުތަކަށް ސައުދީން 80 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ.
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
