ދުނިޔޭގެ އެންމެ ހިތްގައިމު އަދި އެންމެ ރީތި މަންޒަރު ފެންނަ އެއާޕޯޓް ތެރޭގައި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނިއްޖެ އެވެ.
އެންމެ ހިތްގައިމު މަންޒަރު ފެންނަ އެއާޕޯޓްތަކުގެ ލިސްޓެއް ސީއެންއެން ޓްރެވަލްސް ނޫޑިލިސްއިން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ސީއެންއެން ޓްރެވަލްސްއިން އެކުލަވާލި ލިސްޓްގެ އެއް ވަނާގައި ބްރެޒިލްގެ ސައޯ ޕައޮލޯ ހިމެނޭއިރު ފާހަގަވަނީ ރޭގަނޑުގެ ދަތުރުތަކުގައި މަތިން ބަލާއިރު ފެންނަ އާބަން ލޭންޑްސްކޭޕް ބޮކީގެ އަލިން ޖަރީވެފައި އޮންނަލެއް ރީތިކަމުންނެވެ.
މިލިސްޓްގެ ދެ ވަނާގައި ރާއްޖޭގެ ވެލާނާ އެއާޕޯޓް ހިމެނުގެންދިޔައިރު ސީއެންއެންއިން ވަނީ ވެލާނާ އެއާޕޯޓަށް ޖައްސަވުން އަންނައިރު ރީތި ހިތްގައިމު މަންޒަރުތައް ފެންނަ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަލެއާއޯ އެއާޕޯޓާއި، މާކޯ ޕޯލޯ އެއާޕޯޓު، ކޭޕް ޓައުން އެއާޕޯޓް، ސޭން ފްރާންސިކޯ އެއާޕޯޓް، ގެނާއޯ އެއާޕޯޓް، ހޭތްރޯ އެއާޕޯޓް، ކިގާލީ އެއާޕޯޓް އަދި ނައިސް އެއާޕޯޓް ހިމެނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަލެއާއޯ އެއާޕޯޓާއި، މާކޯ ޕޯލޯ އެއާޕޯޓު، ކޭޕް ޓައުން އެއާޕޯޓް، ސޭން ފްރާންސިކޯ އެއާޕޯޓް، ގެނާއޯ އެއާޕޯޓް، ހޭތްރޯ އެއާޕޯޓް، ކިގާލީ އެއާޕޯޓް އަދި ނައިސް އެއާޕޯޓް ހިމެނެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ