ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމުގައިވާ ސައިފް އަލީ ޚާނާއި، ސަލްމާން ޚާނުގެ ވަކީލު ޝްރީކާންތް ޝްރީވަޑޭ މަރުވެއްޖެ އެވެ.
އިންޑިޔާގައި މަތީ ފަންތީގެ ގިނަ ކޭސްތަކެއް ތަމްސީލުކޮށްފިން ޝްރީކާންތަކީ ބޮލީވުޑްގެ ފަންނާނުންގެ ކޭސްތައްވެސް ތަމްސީލުކޮށްދިން ވަކީލެކެވެ.
އެގޮތުން ސަލްމާން ޚާނާއި، ސައިފް އަލީ ޚާންގެ އިތުރުން، ޝިނޭ އަހޫޖާގެ ކޭސްތަކާއި ހަވާލުވެގެން ހުރީވެސް ޝްރީކާންތެވެ.
މަހަރާޝްތްރާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާހޯދަމުން ދަނިކޮށް ޝްރީކާންތް ނިޔާވީ ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
އިންޑިޔާގެ ނޫސްތަކަށް މައުލޫމާތުދެމުން ޝްރީކާންތުގެ އާއިލާއިން ބުނީ އޭނާ އަކީ ލޭގެ ކެންސަރަށް ފަރުވާހޯދަމުން ގެންދިޔަ މީހެއް ކަމަށެވެ.
ޝްރީކާންތް މަރުވިއިރު އޭނާގެ އުމުރަކީ 67 ކަމަށްވެސް އާއިލާއިން އިންޑިޔާގެ ނޫސްތަކަށް މައުލޫމާތުދީފައިވެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ފިޗުން ބީއެމްއެލްއަށް ކްރެޑިޓް ރޭޓިން ދީފި
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
