ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ޝާހުރުކް ޚާން ފާހަގަކޮށްލެވެ އެވެ.
ގިނަ ބައެއްގެ ލޯބި ޝާހު ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ޝާހުގެ އެކި މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.
އެގޮތުން ޝާހުގެ އާދަތަކާއި އޭނާ ކުރާ އެންމެ އާދަޔާ ހިލާފު ކަންތައްތަކުގެ މައުލޫމާތު ހޯދުމަށްވެސް ގިނަ ބަޔަކު އޭނާއާ ސުވާލުކޮށްފައިވެ އެވެ.
އެ ސުވާލުތަކަށް ޝާޙު ޖަވާބުދީފައިވާއިރު، އޭނާ ކުރާ އެންމެ އާދަޔާ ހިލާފު އެއް ކަމަކީ އެކި ބާވަތުގެ ޖިންސު އެއްކުރުން ކަމުގައި ޝާހު ވަނީ ބުނެފަ އެވެ. ޝާހު ބުނިގޮތުގައި އޭނާގެ މިލްކިއްޔާތުގައި އެކަނިވެސް އެތައް ހާސް ޖިންސެއް ހިމެނޭނެ އެވެ.
އޭގެ އިތުރުންވެސް ޝާހު އަކީ ވީޑިއޯ ގޭމްސް ކުޅުމަށް ފޯރި ހުންނަ ފަންނާނުންގެ ތެރެއިން ހިމެނޭ އެކަކެވެ. އެގޮތުން ޝާހުގެ ގޭގައި ވީޑިއޯ ގޭމް ކުޅުމަށް ވަކިން ހާއްސަ ޖާގައެއް ހަދާފައިވާކަމަށް އޭނާ މައުލޫމާތުދެ އެވެ.
ޝާހު އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓަރެއްގެ ގޮތުގައި އަދިވެސް ޝާހު ވާކަން ފާހަގަކޮށްލެވެ އެވެ.
ސީރިޔާ އިން އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމަކަށް ތައްޔާރުވަނީ
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
