ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އަދި ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.
ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ
އިމިގްރޭޝަންގެ ތާރީހީ މައުރަޒު އުއްޗު ހުޅުއްވާދެއްވައިފި
