ރިއަލިޓީ ތަރި ކިމް ކާޑޭޝަން އޭނާގެ ކުރިމަގަށް ކުރާ އުއްމީދުތައް ހިއްސާކޮށްފި އެވެ. އެހެން ނަމަވެސް އެއީ މޮޑެލިންއާ މުޅިން ތަފާތު ކަމެކެވެ.
ޓައމް 100 ސަމިޓަށް ދިން އިންޓަވިއުއެއްގައި ކިމް ބުނީ ގާނޫނީ ދާއިރާއަކީ އޭނާ އަބަދުވެސް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށާއި ކުރިމަގުގެ މިސްރާބު ހުރި އެ ދިމާއަށް ކަމަށެވެ.
"ފުލް ޓައިމް އެޓާނީއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަބަދުވެސް ކުރާ އުއްމީދެއް." ކެމެރާއަށް ގެއްލިދާނެތޯ ސުވާލު ކުރެވެމުން އޭނާ ޖަވާބު ދިނެވެ.
ކިމް އިތުރަށް ބުނީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމަކީ ގިނަ ކަންކަމަށް ލޯ ހުޅުވޭ ކަމެއް ކަމަށާއި އެއީ އަމިއްލަ ހޭލުންތެރިކަން އިތުރު ކުރަން މުހިއްމު ކަމެއް ކަމަށެވެ.
ކިމް ވަނީ 2021 ވަނަ އަހަރު ގާނޫނީ ދާއިރާއިން ފުރަތަމަ އަހަރުގެ އިމްތހާނުތައް ހަދައި ފާސްވެފަ އެވެ. ކިމްގެ ބައްޕަ ރޮބާޓް ކާޑޭޝަންއަކީ ވެސް ވަކީލެކެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ