އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މައްސަލަ ހައްލުކުރެވޭނީ ކިހާއިރަކު ކަމެއް އަދި ނޭނގޭ ކަމަށެވެ. އައްޑޫގެ ފެނުގެ ނިޒާމުގެ ހާލަތު އޮތްގޮތާ ގުޅޭގޮތުން މޭޔަރު މީގެކުރިން ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
ފެނުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ރިޒާވްގައި ފެން ރައްކާކުރެވެން ނެތުމެވެ.
ފެނުގެ ނިޒާމުގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް ވެެސް ދާއިމީ ހައްލެއް ލިބިފައިނުވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ހަރުކަށިކޮށްފި
