ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން މިރޭ ނިންމައިފި އެވެ.
މަހާޒު އާއި އަޒްމިރަލްދާ ވަކިކުރަން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ބުނެ އެވެ. އެ ދެ ފަނޑިޔާރުން ވެސް މީގެކުރިން ވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ.
މިފަދައިން ނިންމީ އެ ދެ ފަނޑިޔާރުންގެ ތަހުގީގު ކުރިއަށްގެންދިޔުމަށްފަހުއެވެ. ތަހުގީގީ ރިޕޯޓް މިރޭ ވަނީ ފަނޑިޔާރުންނާ ހިއްސާކޮށްފަ އެވެ.
ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް އެ ދެ ފަނޑިޔާރުންނަށް ދޭނެ އެވެ. އެއަށްފަހު ފަނޑިޔާރުކަމުން ވަކިކުރުމާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމާނެ އެވެ.
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި

މިނޫންދުވަހެއްވެސް އޮއްކަން ހަދާންކުރާތި. މުއިޒް ގޮޅިޔައްލާނެ ދުވަހެއް ވެސް ފެންނާނެ