ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:55 އޭދަފުށީ މޫދުން މަރުވެފައި އޮތް މީހަކު ފެނިފައިވާކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އަލީ އަބްދުﷲ،82 އެވެ.
އޭނާ މަރުވި ސަބަބު އަދި ނޭނގެ އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިކަން ޓްރަމްޕް އަންގަވައިފި
އުފަން ދުވަހުގެ ހަދިޔާއަކަށް ޔަމާލް ބޭނުންވަނީ ފައިނަލުން ޖާގަ
