މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މި މަހުގެ 26ގައި ފާހަގަކުރާ މިނިވަން ދުވަހުގެ ބައްދަލުކުރެއްވުން ނުބޭއްވުމަށް ރައީސް ނިންމެވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ.
އެ އޮފީހުން ބުނި ގޮތުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގަ އެވެ. އެ ޖަލްސާގައި ރައީސް ދިވެހި ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުން ނުބޭއްވީ ހަރަދު ކުޑަކުރަން ކަމަށް ރައީސް ވިދާޅުވިޔަސް، ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކުރުން ނުހުއްޓެ އެވެ. މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ވެސް ރައީސް މުއިއްޒު ދާދިފަހުން ވަނީ އޮފީހެއް އުފައްދަވާފަ އެވެ.
ފެނަކައިން ވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ފުރުސަތު ދިންނަމަވެސް އެއްވެސް މަސައްކަތެއް ނެތި ވަޒީފާ ދީފައިވާ އެތައް ބަޔަކު ރަށްރަށުގައި އެބަތިއްބެވެ. އެއިން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައެއްނުވެ އެވެ.
ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު މަރުވެއްޖެ
އެމެރިކާއިން ކަނޑުއޮޅި ބަލަހައްޓަން ފެށުމުން އޭގެ އަގު ދޭންވާނެ
ސައުދީއަށް ދިން މިސައިލް ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
