ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ޖުމާންޖީ" ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "ޖުމާންޖީ: އޯޕަން ވޯލްޑް" ގެ ފުރަތަމަ ރަސްމީ ޓްރެއިލާ ސޮނީ ޕިކްޗާސްއިން އާއްމު ކޮށްފަ އެވެ.
މަޝްހޫރު އެކްޓަރުން ކަމަށްވާ ޑްވޭން ޖޯންސަން (ދަ ރޮކް)، ކެވިން ހާޓް، ޖެކް ބްލެކް އަދި ކެރެން ގިލަން އެކީގައި ފެނިގެންދާ މި ފިލްމަކީ މި ސީރީޒްގެ ފަހު ބައެވެ.
ކުރީގެ ފިލްމުތަކާ ހިލާފަށް، މިފަހަރުގެ ފިލްމުގައި ކަންތައްތައް ވެގެންދަނީ މުޅިން އިދިކޮޅަށެވެ. ކުރިން އިންސާނުން ގޭމުގެ ތެރެއަށް ވަދެގެން އުޅުނު ނަމަވެސް، މިފަހަރު ގޭމުގެ ކެރެކްޓާތަކާއި، ވަލު ޖަނަވާރުތައް އަދި ނުރައްކާތެރި ހާދިސާތައް ގޭމުން ބޭރަށް ނުކުމެ، ހަގީގީ ދުނިޔެއަށް ވެރިވެގަނެ އެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ޑޮކްޓަރު ސްމޯލްޑާ ބްރޭވްސްޓޯން (ޑްވޭން ޖޯންސަން)އާއި އޭނާގެ ޓީމު ހަގީގީ ދުނިޔެއަށް ނުކުންނަނީ ގޭމުގެ "ޑެމޯ މޯޑް" ގައި ތިބެގެންނެވެ.
އޭގެ ސަބަބުން އެމީހުންގެ ބާރުތަކަށް ބުރޫއަރައި، ސިއްސައިގެންދާ ފަދަ މަޖާ އަދި އެކްޝަން ހަރަކާތްތަކެއް ފެނިގެންދެ އެވެ. މީގެ އިތުރުން ޑްވޭން ޖޯންސަންގެ ކެރެކްޓާ ސްޕެނިޝް ރާގަކަށް ވާހަކަ ދައްކާ މަންޒަރުވެސް ޓްރެއިލާއިން ފެނެ އެވެ.
މި ފިލްމަކީ 1995 ވަނަ އަހަރު ނުކުތް ރޮބިން ވިލިއަމްސްގެ އޮރިޖިނަލް "ޖުމާންޖީ" ފިލްމަށް ދެވޭ ހާއްސަ ޓްރިބިއުޓެއްގެ ގޮތުގައި ވެސް ބެލެވެ އެވެ. ސަބަބަކީ އޮރިޖިނަލް ފިލްމުގައިވެސް ގޭމުގެ ތެރެއިން ތަކެތި ހަގީގީ ދުނިޔެއަށް ނުކުންނާތީ އެވެ.
ޖޭކް ކަސްޑަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ކްރިސްމަސްއާ ގުޅުވައިގެން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ޣައްޒާގެ ހައްގުގައި ގިނަ ތަރިންތަކަކާ ގުޅުން ކަނޑާލިން: މާކް
އިފުރު އެއާޕޯޓްގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި
ސަމާލުކަން ނުދެވޭ ސިއްހީ ނުރައްކަލެއްގެ އިންޒާރު ދީފި