ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެ، އެ ހިދުމަތް ފޯރުކޮށްދޭ އެލައިޑް އިންޝުއަރެންސް ކުންފުނި މަޖިލީހުގެ އާންމު ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.
މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަމާނާ ތަކަފުލުން އެލައިޑް އިންޝުއަރެންސަށް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖު ބަދަލުކުރި ފަހުން ހިދުމަތަށް އެއްވެސް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާއިރު މެންބަރުންނަށް ތަފާތު ތަކުލީފުތަކާ ކުރިމަތިވަމުންދާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުންނަށް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު އަބަދުވެސް ކަނޑައަޅަނީ ހުޅުވާލެވިފައިވާ ބިޑަކުން ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ދޭ މި ބިޑުތަކަށް އާންމުކޮށް ކުރިމަތިލަނީ ހަމައެކަނި އެލައިޑާއި އަމާނާ ތަކަފުލުން ކަމަށް އޭނާ ވިދާޅުވި އެވެ. ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކުން މިއަށް ޝައުގުވެރިކަން ނުދައްކަނީ މަޖިލީހުން ކަނޑައަޅާފައިވާ އިންޝުއަރެންސް ބަޖެޓު ނުވަތަ ޕެކޭޖުގެ އަދަދު ކުޑަވުމުގެ ސަބަބުން އެ ކުންފުނިތަކަށް އެ ކަން އެފޯޑު ނުކުރެވޭތީ ކަމަށް ބެލެވެ އެވެ.
އިންޝުއަރެންސްގެ ހިދުމަތާ މެދު އާންމުންގެ މެދުގައި އޮންނަ ތަސައްވުރަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވީ، މަޖިލިސް މެންބަރަކަށް ވުމުން އެއްވެސް ހައްދެއް ނެތި ބޭނުންވަރަކަށް ބޭސްފަރުވާ ކުރެވޭނެ ކަމަށް އާންމުން ގަބޫލުކުރި ނަމަވެސް، މެންބަރުންގެ އިންޝުއަރެންސްގައި ވެސް ވަކި ލިމިޓުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި މެންބަރުންނަށް ވެސް ލިބެނީ އާސަންދައިގެ ދަށުން ލިބޭ ފަދަ ހިދުމަތްތަކެއް ކަމަށާއި، މިހާރު ފެތުރިފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސްގެ އިސްވެރިން މަޖިލީހުގެ ކުރިއަށް އޮތް ކޮމިޓީ ބައްދަލުވުމަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި

މެމްބަރުންނަށް ހުރިހާ އިނާޔަތެއްދީފަ ރައްޔިތުން ބިކަ ހާލުގަ މެމްބަރުން އާސްމާނުގަ
ރިޕްލައި