ކޮވިޑް ޖެހިގެން މިއަދުގެ މިހާތަނަށް ތިން މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ،
އެނގިފައިވާ ގޮތުގައި މިއަދު ތިން ވަނަ އަށް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިރޭގެ ވަގުތެއްގަ އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު މަރުވެފައިވެ އެވެ. އަދިއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދިޔަ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.
ކޮވިޑްގައި އެންމެ ގިނަ މީހުން ރާއްޖެއިން މަރުވީ މިދިޔަ މަހު އެވެ. މިދިޔަ މަހު އެކަނި 85 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާ ފެނި، މިހާރު ވަނީ މި ބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ދަށްވާން ފަށާފަ އެވެ.
އެވެންޖާސް ޑޫމްސްޑޭ: ސްޕައިޑަމޭންއާއި ސެންޓްރީ ފެންނާނެތަ؟
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ކުޑަކޮށްފި
