އޯޒޯން ލައިފް މާދޫ ރިސޯޓުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ހަތަރު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ފީފާއެއްގައި ރޯވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި ފިހުނު ހަތަރު މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ރިސޯޓުން މައުލޫމާތުދޭ ކަމަށެވެ. އަދި ރޯވި އަލިފާން ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެ ހާދިސާގައި ހަތަރު މީހުން ފިހުނީ ކިހާވަރަކަށް ކަމެއް އަދި ސާފެއްނުވެއެވެ.
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
ގެއްލިފައިވާ އެކްޓަރު ރާޖް ކިރަން ހޯދަން 5000 ޑޮލަރުގެ އިނާމެއް!
