ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އަންނަނީ ސިނަމާގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރަމުންނެވެ. އެގޮތުން މިހާރު ވެސް ގިނަ ފިލްމުތަކެއް ރިލީޒް ކޮށްފައިވާއިރު، އިތުރު ފިލްމުތައް އޯޓީޓީގައި ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ރިތޭޝް ދޭޝްމުކްގެ ކުރިއަށް އޮތް ފިލްމު "ޕްލޭން އޭ ޕްލޭން ބީ" ވެސް ވަނީ ޑިޖިޓަލްކޮށް ރިލީޒްކުރުމަށް ތައްޔާރުވެފަ އެވެ. މި ފިލްމުގައި ރިތޭޝް އާއެކީ ތަމަންނާ ބާޓިއާ ވެސް ފެނިގެން ދާނެ އެވެ.
ތަމަންނާ އާއި ރިތޭޝް ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މި ފިލްމު ޑައިރެކްޓްކުރަނީ ޝެޝަންކް ގޯޝް އެވެ.
ޝެޝަންކް މީގެ ކުރިން ވަނީ "ވީރޭ ދި ވެޑިން" އަދި "ހޫބް ސޫރަތް" ޑައިރެކްޓް ކޮށްފަ އެވެ.
މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއި" އާއި "ކިކް" އާއި "ގައްބަރު އިޒް ބެކް" އަދި "ޑާޓީ ޕިކްޗާ" ފަދަ ކާމިޔާބު ބޮޑެތި ފިލްމުތަކުގެ ލިޔުންތެރިޔާ ރަޖަތް އަރޯރާ އެވެ.
ރިތޭޝްގެ "ޕުލޭން އޭ ޕުލޭން ބީ"ގެ ޝޫޓިންތައް ވަނީ ނިމިފަ އެވެ. ނެޓްފްލިކްސްއިން ވަރަށް އަވަހަށް މި ފިލްމު ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
އޭއައި އެޖެންޓް ކޮންޓްރޯލު ގެއްލި ކުންފުންޏެއް ހެކްކުރި މައްސަލަ
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
