މެދުކެނޑުމަކަށްފަހު ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމަށް އެނބުރި އައިސްފި އެވެ.
މީގެ ދެ ދުވަހެއް ކުރިން އޭނާ ކޮށްފައިވާ ޕޯސްޓުގައި ނިކް ވަނީ ނޫ ކުލައިގެ ބެކް ގްރައުންޑެއްގައި ހުރެ އެކި ގޮތްގޮތަށް ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.
ނިކް އެ ފޮޓޯތައް ހިއްސާ ކުރުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔައި އެ ފޮޓޯތަކަށް ވެސް ތައުރީފު ކުރަމުންނެވެ.
އެގޮތުން ނިކްގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ އެ ފޮޓޯތަކަށް ރިއެކްޓް ކޮށް ކޮމެންޓް ކޮށްފަ އެވެ. މަދު ވަގުުތުކޮޅެއްގެ ތެރޭގައި އެ ފޮޓޯތަކަށް ގިނަ ލައިކް ލިބިފައިވެ އެވެ.
ނިކްގެ މަސައްކަތްތަކަށް ބަލާއިރު އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނާއެކު ހިންގަމުން އަންނަ ބޭންޑް "ޖޯނަސް ބްރަދާސް"ގެ ޝޯތަކެއް މިހާރުވެސް ކުރިއަށް އެބަދެ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި