ހުޅުމާލޭގެ އާންމު ސަރަހައްދެއްގައި ހިންދޫދީނުގެ އަޅުކަން ކުރި ނޭޕާލް އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ބްރިޖްތައް ހުންނަ ސަރަހައްދުގައި އަންހެނަކު ހިންދޫދީނުގެ އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެކަން ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.
މި ވީޑިއޯއިން ފެންނަ މީހާ ހޯދައި، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ހައްޔަރުކުރި މީހަކީ އުމުރުން 44 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އަންހެންމީހާއަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އޭނާ މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
އާންމުކޮށް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ މެދު އަމަލުކުރާ އުސޫލުގެ ދަށުން، މި އަންހެންމީހާ ވެސް ރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާގޮތުން، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަން އާންމު ތަންތަނުގައި ކުރުމަކީ މަނާކަމެކެވެ.
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު